ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ރާމް ނާތު ކޯވިންދަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިކަމަށްޓަކައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރާމް ނާތު ކޯވިންދަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި، އިންޑިޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވައި، މި ގުޅުން ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް