ކަނޑިޔަކުން ޖެހި ކަންގަނާގެ ނިތްކުރި ވަރަށް ބޮޑަށް ކަފައިގެން ގޮސްފި

ކަންގަނާ ރަނަވަތު މިހާރު ކުޅެމުންދާ ފިލްމު "މަނީކަރުނީކާ - ދަ ކުއީން އޮފް ޖާންސީ"ގެ މަންޒަރެއް ނަގަނިކޮށް ކަނޑިއަކުން ޖެހި އޭނާގެ ނިތްކުރި ވަރަށް ބޮޑަށް ކަފައގެން ގޮސްފި އެވެ. ފިލްމުގެ ޕްރޮޑިއުސަރު ކަ...

20 Jul 2017 | 07:50

ކަންގަނާ ރަނަވަތު މިހާރު ކުޅެމުންދާ ފިލްމު "މަނީކަރުނީކާ - ދަ ކުއީން އޮފް ޖާންސީ"ގެ މަންޒަރެއް ނަގަނިކޮށް ކަނޑިއަކުން ޖެހި އޭނާގެ ނިތްކުރި ވަރަށް ބޮޑަށް ކަފައގެން ގޮސްފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ކަމަލް ޖެއިންއާއި ހަވާލާދީ ޕޯޓުތައް ބުނާގޮތުގައި ކަންގަނާގެ ނިތްކުރީގައި ކަނޑިން ޖެހި ކަފައިގެން ދިޔައީ ބޮޑީ-ޑަބަލް ބޭނުންކޮށްގެން ނަގަން އުޅުނު މަންޒަރެއް ކަންގަނާ ބޭނުންވެގެން އަމިއްލައަށް ކުޅުމުގެ ތެރޭގައި އެވެ. އެ ހަމަލާ ކަންގަނާއަށް އަމާޒުވީ ކަނޑި ހޫރާލާ ވަގުތު ތިރިވާން ޖެހޭ ތަނަކަށް ކަންގަނާއަށް ތިރި ނުވެވުމުންނެވެ.

ކަނޑި ޖެހުމުގެ ސަބަބުން ބޮލުގެ ނާށިގަނޑާ ހިސާބަށް ކަފައިގެން ނުގޮސް އިނީ ކިރިޔާ ކަމަށާއި އެތަން ފަހަން 15 ސްޓިޗް ޖަހަން ޖެހުނު ކަމަށްވެ އެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އެޕޯލޯ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. ހަފްތާއެއްހާ ދުވަހު ހޮސްޕިޓަލްގައި ކަންގަނާއަށް އޮންނަން ޖެހޭނެ އެވެ.

މިހާދިސާގެ ސަބަބުން ކަންގަނާގެ ނިތްކުރީގައި ލަކުނެތްލާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ފިލްމުގެ މަސައްކަތް ނިމުމުގެ ކުރިން ސާޖަރީއެއް ނަހަދާނެ ކަމަށް ކަނގަނަ ބުނެފައިވެ އެވެ. އެކަމަކު އޭގެ ފަހުން މޫނުމަތި ރީތި ކުރުމަށް އޮޕަރޭޝަނެއް ކުރާނެ ކަމަށް ވަނީ ބެލެވިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް