ހައި ކޯޓަށް ހަތަރު ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެ ހަތަރު ފަނޑިޔާރުންނަކީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލުކޮށް މަޖިލީހުން ގެނައި އިސްލާހުގެ ދަށުން އަލަށް ހޯދާ ދެ ފަނޑިޔާރުންނާއި ކުރިންވެސް ހޯދަން އިއުލާނު ކުރި ދެ ފަނޑިޔާރުންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅުން ނެގުމުގައި މާކްސް ދޭނެ ގޮތުގެ ކްރައުޓީރިއާ އެ ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް