އައްޑޫ ސިޓީގައި މާރާމާރީ ހިންގި މީހަކު ހޯދަނީ

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި އެވެ. ހޯދަން އިއުލާނު ކޮށްފައިވަނީ ސ. ހިތަދޫ، އިވްނިންނާޒް، ނަޖާހު ޝަރީފް 23 އެވެ. ފުލުހުން ބުނީ ...

20 Jul 2017 | 06:33

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަން އިއުލާނު ކޮށްފައިވަނީ ސ. ހިތަދޫ، އިވްނިންނާޒް، ނަޖާހު ޝަރީފް 23 އެވެ. ފުލުހުން ބުނީ އޭނާ ހޯދަނީ އެ ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެންނެވެ.

ނަޖާހުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތެއް ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ރޭ މާލޭގައިވެސް ވަނީ ދެ  ސަރަހައްދެއްގައި މާރާމާރީ ހިންގާ ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދީފައި އެވެ. މި މައްސަލަ ތަކުގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ކަމާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް