ފިރިހެނުން ޓޮމާޓޯ ކާންވީ ކީއްވެކަން އެނގޭތަ؟

ކެއުމުގައި ހިމަނާ ތަރުކާރީ އާއި މޭވާގެ ވަކިވަކި ބާވަތްތަކަކީ ހަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާ ލިބޭ ބާވަތްތަކެވެ. އެފަދަ ބާވަތްތަކުގައި ހުންނަ ޕްރޮޓީން އާއި މިނަރަލް ހަށިގަނޑަށް ޖެހިފައި...

20 Jul 2017 | 03:52

ކެއުމުގައި ހިމަނާ ތަރުކާރީ އާއި މޭވާގެ ވަކިވަކި ބާވަތްތަކަކީ ހަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާ ލިބޭ ބާވަތްތަކެވެ. އެފަދަ ބާވަތްތަކުގައި ހުންނަ ޕްރޮޓީން އާއި މިނަރަލް ހަށިގަނޑަށް ޖެހިފައި ހުންނަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ކުރީ ކޮޅުގައި އެ ބައްޔަކާއި ހަނގުރާމަ ކުރެ އެވެ.

އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ އޮހިއޯ ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއެއްގައި ބުނެފައިވަނީ މޭވާ އާއި ތަރިކާރީގެ ތެރެއިން ޓޮމާޓޯ އަކީ ފިރިހެނުންނަށް ފައިދާ ބޮޑު މޭވާއެއް ކަމަށެވެ. އެގޮތުން ޓޮމާޓޯ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާނަމަ ފިރިހެނުން ކެންސަރުން ދުރުކޮށްދޭ ކަމަށެވެ. ހާއްސަކޮށް ހަމަށް ޖެހޭ ކެންސަރެވެ.

ޓޮމާޓޯ މީދަލަށް ކާން ދީގެން ކުރި އެ ދިރާސާއަށް ފަހު ބުނެފައިވަނީ އެފަދަ ބަދަލެއް ޓޮމާޓޯ ކެއުމުން އަންހެނުންނަށް ނާންނަ ކަމަށެވެ. އާންމުކޮށް އިންސާނުންނަށް އުފައްދާ ބޭސް ފަދަ އެއްޗެހި ޓެސްޓު ކުރަނީ މީދާ މެދުވެރިކޮށެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރަކު ވިދާޅުވީ އެ ދިރާސާއިން އެނގިގެން ދިޔައީ ފަރުވާއަށް އުފައްދާ ބޭހާއި ތަފާތު ކާއެއްޗެއްސަކީ އަންހެނުންނާއި ފިރިހެނުންނަށް އެއްވަރަށް އެއެއްޗަކުން ފައިދާ ލިބޭ ނުވަތަ ރަނގަޅު އެއްޗެއް ނޫން ކަމެވެ. އެހެންވެ އުފެއްދުންތައް ޓެސްޓު ކުރުމާއި އުފެއްދުމުގައި ދެ ޖިންސަށް ސަމާލުކާން ދޭން ފަށަން ޖެހިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ ކެންސަރާއި  ޓޮމާޓޯއާއި ގުޅުން ހުރި ވަރު ބެލުމަށް ދިރާސައެއް ކޮށްފައި އެވެ. އޭގެ ނަތީޖާގައިވެސް ބުނެފިވަނީ އާންމުކޮށް ކޮންމެ ދުވަހަކު ޓޮމާޓޯ ކެއުމުގައި ހިމަނާނަމަ ކެންސަރު ޖެހުމާއި 10 ގުނަ ދުރުކޮށްދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް