ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައި ވަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ރޭ ހިންގި މާރާމާރީތަކެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި އެވެ. ފުރަތަމަ މީހާ ޒަހަމްކޮށްލާފައިވަނީ ރޭ ގާތްގަނޑަކަށް 8:30 ހާއިރު ވިލިމާލޭ ފެރީ ޓާމިނަލް ކައިރިންނެވެ. ދެވ...

20 Jul 2017 | 03:27

މާލޭގައި ރޭ ހިންގި މާރާމާރީތަކެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުރަތަމަ މީހާ ޒަހަމްކޮށްލާފައިވަނީ ރޭ ގާތްގަނޑަކަށް 8:30 ހާއިރު ވިލިމާލޭ ފެރީ ޓާމިނަލް ކައިރިންނެވެ. ދެވަނަ މާރާމާރީ ހިންގާ މީހަކު ޒަހަމް ކޮށްލީ ނުވައެއް ޖަހާ އެހާކަން ހާއިރު އެލްސިއޯން ބޭކަރީ ކައިރީ ކައިރިންނެވެ.

ޒަހަމްވި ދެމީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އެދެ މީހުންގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމް ކޮށްލާފައިވާއިރު މިފަހަކަށް އައިސް މާރާމާރީ ދަނީ އިތުރުވަމުންނެވެ. އަދި ރޭ މާރާމާރީ ހިންގާފައި މިވަނީ ރާވައިގެން ކުށްކުރުން އިތުރުވެފައިވާ ކަމަށް ބުނެ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް އިއްޔެ ބުނެފައި ވަނިކޮށެވެ.

ފުލުހުން ރޭ ބުނީ ރޭގެ މާރާމާރީ އާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މި މައްސަލައިގަ ތަންތަން ބަލާ ފާސްކުރަމުންވެސް ދާ ކަމަެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް