"މިނިއަން" އެއްގެ ސަބަބުން ކުޑަކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެ

އެމެރިކާގެ ކޮލޮރާޑޯ އަވަށުގައި، އިމާރާތެއްގެ 3 ވަނަ ބުރިން ވެއްޓުނު ކުޑަކުއްޖެއްގެ ފުރާނަ، އެކުއްޖާ ކުޅެން ގެންގުޅުނު "މިނިއަން" ސޮފްޓް ޓޯއީ އެއްގެ ސަބަބުން ސަލާމަތްވެއްޖެއެވެ. އެއަވަށުގެ ފުލުހުން މައ...

20 Jul 2015 | 12:34

އެމެރިކާގެ ކޮލޮރާޑޯ އަވަށުގައި، އިމާރާތެއްގެ 3 ވަނަ ބުރިން ވެއްޓުނު ކުޑަކުއްޖެއްގެ ފުރާނަ، އެކުއްޖާ ކުޅެން ގެންގުޅުނު "މިނިއަން" ސޮފްޓް ޓޯއީ އެއްގެ ސަބަބުން ސަލާމަތްވެއްޖެއެވެ.

އެއަވަށުގެ ފުލުހުން މައުލޫމާތުދީފައިވާގޮތުގައި އުމުރުން 5 އަހަރުގެ މިކުއްޖާ ކޮޓަރީގައި ކުޅެން އުޅެނިކޮށް ކޮޓަރީގެ ކުޑަދޮރުން އިދިފުށަށް ވެއްޓި ބިންމަތީގައި ޖެހުނުވަގުތު ކުޅެން ގެންގުޅުނު މިނިއަން ކުއްޖާގެ ގައިދަށުވުމުގެ ސަބަބުން ކުއްޖާގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއްނުލިބި ސަލާމަތްވެފައިވާކަމަށެވެ. އެހެން ނަމަވެސް މިކުއްޖާގެ އަތް ބިންދައިގެން ގޮސްފައިވާކަމަށް ފުލުހުންމައުލޫމާތުދެއެވެ. މިކުއްޖާމިހާރުވަނީ ހޮސްޕިޓަލްގައި ފަރުވާދުނުމަށްފަހު ދޫކޮށްލާފައެވެ.

މިނިއަންސް އަކީ "ޑެސްޕިކަބެލް މީ" ކާޓޫން އިން މަޝްހޫރުކަން ހޯދާފައިވާ ކެރެކްޓާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް