ގައްދޫގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގާ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

ގދ. ގައްދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައިގާ އެ ރަށު ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ނަން ނުޖެހުމަށް ޝަރުތު ރަށު ކައުންސިލް...

20 Jul 2015 | 12:22

ގދ. ގައްދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައިގާ އެ ރަށު ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ނަން ނުޖެހުމަށް ޝަރުތު ރަށު ކައުންސިލްގެ އިތުރު މެމްބަރަކު ވިދާޅުވީ "ރައީސް ހައްޔަރުކުރީ، ތިނަދޫ ހޮސްޕިޓަލަށް އެ ކުއްޖާ ގެންގޮސް، ޖިންސީ ގޯނާކޮށްފައި ހުރިތޯ ކަށަވަރު ކުރުމަށްފަހު" ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގާ މިއަދު 3:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ ޖެންޑާ މިނިސްޓްރީއާވެސް ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް