ސިއްހީ ސަބަބަކަށްޓަކައި އެމްޕީ އަސްމާ ބުރުގާ ނަންގަވައިފި

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ބުރުގާ ނަންގަވާފައިވާއިރު އެކަން އެގޮތަށް ކުރެއްވީ ސިއްހީ ސަބަބަކަށްޓަކައި ކަމަށް އަސްމާގެ ދަރިކަލުން، އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއި...

20 Jul 2015 | 07:46

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ބުރުގާ ނަންގަވާފައިވާއިރު އެކަން އެގޮތަށް ކުރެއްވީ ސިއްހީ ސަބަބަކަށްޓަކައި ކަމަށް އަސްމާގެ ދަރިކަލުން، އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވިދާޅުވެއްޖެ އެވެ.

މިކަމާގުޅޭގޮތުން މުންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ މަންމާފުޅު ހިޖާބު ނެންގެވީ ޓިއުމަރެއް ނެގުމަށްކުރި އޮޕަރޭޝަނަކަށްފަހު ބުރުގާ ނެގުމަށް ޑޮކްޓަރު ލަފާ ދިނުމުން ކަމަށެވެ. މަންމާފުޅުގެ އެ ނިންމެވުމަށް އިހުތިރާމް ކުރެއްވުމަށްވެސް މުންދު ވިދާޅުވެފައި ވެ އެވެ.

https://twitter.com/mundhu_maldives/status/622887700002017280

މުންދު މިހެން ވިދާޅުވެފައިވާއިރު އެމްޕީ އަސްމާ ބުރުގާ ނަންގަވާފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް