ނަސީމީ ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގެ މަޑިދަށުން ވައްކަން ކުރަމުންދިޔަކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޕާކްކޮށްފައިހުރި ސައިކަލްތަކެއްގެ މަޑިދަށުން ވައްކަން ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްދައް ދިޔައިރު ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވައްކަން ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނަކާއި ދެ ސައިކަލް ތަޅު ދަނޑިއާއި ކަތުރެއްގެ އިތުރުން ޓްރިމަރެއް ފެނިފައިވާކަމަށެވެ. އަދި މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް