ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާއި ގުލޭގޮތުން މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާއިރު، އެ މައްސަލައިގާ މަޖިލީހުގައި ބަހުސް ކުރަން ފަށައިފި އެވެ.
ޖަލްސާގައި، ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާގުޅޭގޮތުން ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިއުލާނު އިއްވާފައިވާއިރު އެ މައްސަލއިގާ ބަހުސް ކުރެއްވުމަށް މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ ތިން ގަޑިއިރު ކަމަށް ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.
ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު ނިހާން ވިދާޅުވީ މަޖިލީހުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާމެދު ވިސްނުމަށް ކަމަށެވެ. އަދި އެ މައްސަލައަކީ ކޮމަންވެލްތުން ވަކިވުމާބެހޭ މައްސަލައެއް ނޫންކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ނިހާން އިތުރަށް ވިދާޅުވީ ކޮމަންވެލްތުން ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނައި ، ދިވެހިންނަށް ދަތި ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ ކުޑަވުމަކީ ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރަން ޖެހޭ ސަބަބެއް ނޫންކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް