ސައުދީގައި އޭޓީއެމްއެއް މައްސަލަޖެހިގެން ކަސްޓަމަރުންނަށް މާގިނައިން ލާރި ލިބިއްޖެ

ސައުދީއަރަބިއްޔާގެ ތާއިފްގައި ހުރި އޭޓީއެމެއް މައްސަލަޖެހި ކަސްޓަމަރުންނަށް މާ ގިނައިން ލާރި ލިބިއްޖެ އެވެ. ސައުދީ ނޫހެއް ކަމަށްވާ އަޚްބާރު24ގައި ބުނެފައިވަނީ ބައެއް ފަރާތްތަކުން އެ އޭޓީއޭމުން ފައިސާ ...

20 Jul 2015 | 04:55

ސައުދީއަރަބިއްޔާގެ ތާއިފްގައި ހުރި އޭޓީއެމެއް މައްސަލަޖެހި ކަސްޓަމަރުންނަށް މާ ގިނައިން ލާރި ލިބިއްޖެ އެވެ.

ސައުދީ ނޫހެއް ކަމަށްވާ އަޚްބާރު24ގައި ބުނެފައިވަނީ ބައެއް ފަރާތްތަކުން އެ އޭޓީއޭމުން ފައިސާ ނަގާއިރު ތިން ހަތަރު ގުނަ އިތުރަށް އެ ފަރާތްތަކަށް ލާރި ލިބޭ ކަމަށެވެ. އެ އޭޓީއެމުން ލާރި ނެގި މީހަކާ ހަވާލާދީ އެ ނޫޙުގައި ބުނެފައިވަނީ އޭނާ 300 ރިޔާލް ނަގަން ޖެއްސުމުން 2800 ރިޔާލު ލިބުނު ކަމަށެވެ.

އެކަން އެނގުމާއެކު އެ އަވަށުގެ ސަލާމަތާބެހޭ ފަރާތްތަކުން މިހާރު ވަނީ އެ އޭޓީއެމް ބަންދު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް