ރޯދަމަހު ދުވާލު ކައިގެން، މޮރޮކޯގައި ދެމީހަކު ޖަލަށް ލައިފި

ނިމިދިޔަ ރޯދަމަހު ދުވާލުގަނޑީގައި ކޭ، ދެމީހަކަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް މޮރޮކޯގެ ކޯޓަކުން އިއްވައިފި އެވެ. އެ ދެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދުވާލު، ރޯދަޔަށްތިބެ، ހަނަފަސް ސަރަހައްދަކ...

20 Jul 2015 | 04:32

ނިމިދިޔަ ރޯދަމަހު ދުވާލުގަނޑީގައި ކޭ، ދެމީހަކަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް މޮރޮކޯގެ ކޯޓަކުން އިއްވައިފި އެވެ.

އެ ދެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދުވާލު، ރޯދަޔަށްތިބެ، ހަނަފަސް ސަރަހައްދަކަށްގޮސް ވަގަށް ކޭ މައްސަލައިގައެވެ.

މި ހުކުމާއިމެދު އެގައުމުގެ އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާއަތުން ވަނީ އެ ދެމީހުން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ.

މޮރޮކޯގެ ގާނޫނު ބުނާގޮތުން ޖާއިޒު އުޒުރެއްނެތި ރޯދަ ދޫކޮށްލައިފިނަމަ ދިގުވެގެން ހަމަސް ދުވަހުގެ މުއްތަކަށް ޖަލަށް ލެވިދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް