މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ބަޑިން ހަމަލާދީ އިޒްރޭލު މީހަކު މަރާލި މައްސަލައިގާ އިޒްރޭލުން، ހަމާސް ޖަމާއަތަށް ނިސްބަތްވާ ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
އިޒްރޭލުން ބުނަނީ އެ ހަމަލާ ރޭވުމުގައްޔާއި ހަމަލާއަށް ފަންޑް ކުރި މީހަކީ މީގެ ކުރިން އިޒްރޭލުން ހައްޔަރުކޮށް އަދި ކުށްވެރިން ބަދަލުކުރުމުގެ ބުރެއްގައި ދޫކޮށްލި މީހެއް ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަނިކޮށެވެ.
މިދިޔަ މަހުގެ ތެރޭގައި ބަޔަކު ދިން ހަމަލާއެއްގައި މަރުވީ އިޒްރޭލުގެ މަލާޗީ ރޮޒެންފެލްޑް ކިޔާ މީހެކެވެ. އޭނާ މަރުވީ ކާރެއްގައި ދަނިކޮށް ބަޔަކު ދިން ބަޑީގެ ހަމަލާއެއްގަ އެވެ. އެ ހަމަލާގައި އިތުރު ތިން މީހަކު ޒަހަމްވި އެވެ.
އިޒްރޭލުން ހަމާސް ޖަމާއަތަށް ނިސްބަތްވާ ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު މިކަމާމެދު ހަމާސް ޖަމާއަތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް