ރައީސް ޔާމީނާއި ، ނައިބު ރައީސް ޖަމީލު ހައްޔަރުކުރި އިރު ސީމެގުން ދުއްތުރާ ނުކުރާކަމަށާއި އަބްދުﷲ ގާޒީ ގެއްލުވާލިއިރު ކޮމަންވެލްތު އޮތީ "ހަނު" ކަމަށް ހޯރަފުށީ ދާއިރާގެ މެމްމަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޕީ އިސްމާއިލް މިހެން ވިދާޅުވީ އެފްބީގައި މިއަދު ޖެއްސެވި އިސްޓޭޓަސްއެއްގަ އެވެ. އެ އިސްޓޭޓަސްގައި އެމްޕީ ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި ވީޕީ ޖަމީލާއި ކުރީގެ އެމްޕީ ނާޒިމް ހައްޔަރުކޮށް އެކަހެރިކުރިއިރު ސީމެގުން ރާއްޖެއަށް ދުއްތުރާ ނުކުރާ ކަމަށާއި އަބްﷲ ގާޒީ 21 ދުވަސް ވާންދެން ނިޒާމުން ގެއްލުވާލި އިރު ކޮމަންވެލްތުން ހަނު އޮތީ އޭރު ވެރިކަމުގައި ހުރި މީހެއްގެ ދިފާއުގައި ކަމަށެވެ.
" އެބޭފުޅާ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި،ޖޭއެސްސީ ބަންދުކުރި، މުޅި ނިޒާމް ބަނގުރޫޓު އަރުވާލި، ކޮމަންވެލްތު ހަމަ ހަނު، ކޮރަޕްޝަން އިންތިހާއަށް ގޮސް މުޅި ގައުމު ވީރާނާ ކޮށްލި، ކޮމަންވެލްތު އޮތީ ގުގުރީގައި ނިދާފަ" އެމްޕީގެ އިސްޓޭޓަސްގައި ޖައްސަވާފައި ވެ އެވެ.
https://www.facebook.com/permalink.php?story_fbid=373642119496155&id=100005511103823
މި މޭރުމުން އެމްޕީ ސްޓެޓަސްއެއް ޖައްސަވާފައިވާއިރު ކޮމަން ވެލްތުން ރާއްޖެ ވަކިވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް، ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.
މި އަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު ކޮމަންވެލްތުން ވަކިވާނަމަ އެކަމަކީ ރާއްޖެއިން ހަދާ ބޮޑު ގޯހެއް ކަމަށް ނައިބު ރައީސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް