ސޯޝަލް މީޑިއާގައި ފަތުރަނީ އަސާސެއްނެތް ދޮގު ވާހަކަތަކެއް: ޑިފެންސް މިނިސްޓްރީ

މި ފަހަކަށް އައިސް ސިފައިންގެ މުއައްސަސާއާއި އެ މުއައްސަސާގެ ވެރިންނާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި މި ފަހަކަށްއައިސް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓ...

20 Jul 2015 | 00:17

މި ފަހަކަށް އައިސް ސިފައިންގެ މުއައްސަސާއާއި އެ މުއައްސަސާގެ ވެރިންނާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި މި ފަހަކަށްއައިސް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީން ދެކޭގޮތުގައި ސިފައިންނޭ ކިޔައިގެން ސޯޝަލް މީޑިއާގައި މިދުވަސްވަރު ފަތުރަމުންދާ ވާހަކަތަކަކީ، އެއްވެސް އަސާސެއްނެތި ސިފައިންގެ މުއައްސަސާއާއި އެ މުއައްސަސާގެ ވެރިން ބަދުނާމުކުރުމުގެ މަޤްސަދުގައި ކުރަމުންދާ ދަށުދަރަޖައިގެ މަސައްކަތެއްކަން ހިތާމައާއިއެކު ފާހަގަކުރާ ކަމަށެވެ.

ގައުމީ ހިދުމަތުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް އަޒުމު ކަނޑައަޅައިގެން ރައްޔިތުންނާއި ގައުމަށް ހިދުމަތްކުރުމުގައި ސާބިތުކަމާއިއެކު މަސައްކަތް ކުރަމުންގެންދާ މުއައްްސަސާއާއިމެދު ނުތަނަވަސްކަމާއި ނަފުރަތު އުފައްދަން ކުރަމުންދާ މަސައްކަތެއް ކަމަށް ޤަބޫލުކުރާތީ، އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް