ވެރިކަންކުރާ ޕާޓީ، ޕީޕީއެމަށް މުހިންމު ވަނީ 65 އަހަރުން މަތީ މީހުން ނުލައި، ވައިބާ ގްރޫޕް ހެދުންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމަށް މުހިއްމު ތިން މައްސަލައެއް ފާހަގަކޮށްފައި ވެ އެވެ. އެގޮތުން ވަކި ބަޔަކު ސެލްފީ ނެގުމާއި، ވަކިބަޔަކަށް ސަޕޯޓު ކުރުމާއި، 65 އަހަރުން މަތީ މީޙުން ނުލާ ވައިބާ ގްރޫޕް ހެދުމަކީ އެ ޕާޓީއަށް މުހިންމު މައްސަލަތައް ކަމުގައި އަލީ ވަހީދު ވިދާޅުވެފައި ވެ އެވެ.
https://twitter.com/ali20waheed/status/622864864445366272
އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުލައި، ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވައިބާ ގްރޫޕެއް ހެދި މައްސަލަ ހޫނުވެގެން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް