ޓްވިޓާގައި ނައިބު ރައީސް، ނިހާން ބްލޮކް ކޮށްފި

ސޯޝަލް މީޑިއާ، ޓްވިޓާގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ޓްވިޓާ އެކައުންޓުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ބްލޮކް ކޮށްފި އެވެ. އެކަން ކަށަވަރު ކޮށްދެއްވަމުން ނ...

19 Jul 2015 | 21:05

ސޯޝަލް މީޑިއާ، ޓްވިޓާގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ޓްވިޓާ އެކައުންޓުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ބްލޮކް ކޮށްފި އެވެ.

އެކަން ކަށަވަރު ކޮށްދެއްވަމުން ނިހާން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޑރ. ޖަމީލް އަޅުގަނޑު ބްލޮކް ކުރީތީ ހިތާމަ ކުރާ" ކަމަށެވެ.

ޖަމީލްގެ ޓްވިޓާ އެކައުންޓުން ނިހާން ބްލޮކް ކޮށްފައިމިވަނީ ނައިބު ރައީސް ބަޔާންތައް ނެރުއްވަނީ ފިލާ ހުރެކަމަށް ވިދާޅުވެ ނިހާން ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ.

ނައިބު ރައީސް މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުން ވަކި ވުމަކީ ހަދާ ބޮޑު ގޯހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް