ކޮމަންވެލްތުން ވަކިވުމަކީ ގޯހެއްކަމަށްވިދާޅުވެ ނައިބު ރައީސް ބަޔާނެއް ނެރުއްވާފައިވާއިރު އެ ބަޔާނެއް ނައިބު ރައީސް ނެރުއްވީތީ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ޖޯކު ޖައްސަވައިފި އެވެ.
އެ ބަޔާނުގެ ހަބަރާއެކު ނިހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ގައުމަށް ފިލައިގެން އުޅުއްވާ ބޭފުޅަކު ގައުމަށް ގެއްލުންވެދާނެކަމުގައި ވިދާޅުވެ ބަޔާނެއް ނެރުއްވައިފި" ކަމަށެވެ.
އެ ބަޔާނުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން އަދި ސްރީ ލަންކާ، ސީމެގްގައި ހިމެނޭ ދުވަސްވަރެއްގައި ކޮމަންވެލްތުން ވަކިވުމަކީ މޮޔަކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް