ލޯންޗެއް ނެރެއްގައިޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެ

ފ.ބިލެއްދޫއިން  22 މީހުންނާއެކު ފުރި ލޯންޗެއް،އެރަށު ނެރުގެ ފައިކަށީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭ...

19 Jul 2015 | 19:41

ފ.ބިލެއްދޫއިން  22 މީހުންނާއެކު ފުރި ލޯންޗެއް،އެރަށު ނެރުގެ ފައިކަށީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އަނިޔާވި މީހުންނަށް ނިލަންދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

" އެ ލޯންޗު ދަތުރު ކުރަން އުޅުނީ ބިލެއްދޫއިން ނިލަންދޫއަށް، ބިލެއްދޫ ނެރުން ނިކުންނަނިކޮށް ނެރު ކަށީގައި ޖެހި އެކްސިޑެންޓް ހިނގީ، އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ނިލަންދޫގައި ތިބޭ ފުލުހުން އެ ސަރަހައްދަށް ގޮސް އަންނަނީ ހަރަކާތްތެރިވަމުން" އިސްމާއިލް އަލީ ވިދާޅު ވި އެވެ.

އިސްމާއިލް އަލީ އިތުރަށް ވިދާޅުވީ އެކްސިޑެންޓްވި ލޯންޗް އަޑިއަށް ދާންފެށި ކަމަށާއި ނަމަވެސް ދިޔަވެ އަޑިއަށް ދިއުމުގެ ކުރިން ބިލެއްދޫ ރައްޔިތުންނާއި ނިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން އެ ލޯންޗް ބިލެއްދޫ ފަޅަށް މިހާރު ވައްދާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް