ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާށް ދެއްވައިފިނަމަ ރައީސް ޔާމީނަށް ކުރެއްވި އިތުބާރު އަނބުރާ ގެންދަވާނެކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެެއްގަ އެވެ. އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައި ވަނީ ރައީސް މައުމޫން ރައީސް ޔާމީނަށް ފޮނުއްވީ ސިޓީއެއް ކަމަށެވެ. އެސްއެމްއެސް އެއް ނޫން ކަމަށެވެ.
"އެ ސިޓީގައިވަނީ އަދީބަށް ވީޕީކަން ދީފިނަމަ ކުރެއްވި ތާއީދު ގެންދަވާނެ ކަމަށް" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/AhmedMahloof/status/622839238397005824
މި ޓްވީޓް ކުރެއްވުމަށްފަހު މިކަމާ ގުޅުވައި، މަހްލޫފް ވަނީ އިތުރު ޓްވީޓެއްވެސް ކުރައްވާފަ އެވެ. ފަހުން ކުރެއްވި ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ "ތަޖްރިބާގެ ގޮތުންނާއި އިލްމީ ގޮތުން ބަލާއިރުވެސް، އަދީބަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައި" ވާކަމަށެވެ.
https://twitter.com/AhmedMahloof/status/622847844073013249
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް