އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލި މީހަކު ހައްޔަރު – ސީރިއަސް އަނިޔާތަކެއް ލިބުނު މީހާގެ ފަރުވާ ކުރިއަށް

އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލި މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާ، އުމުރުން 20 އަހަރުގެ މުޙައްމަދު ނާޝިއު އެވެ. ފުލުހުން...

20 Jun 2025 | 17:12

އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލި މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާ، އުމުރުން 20 އަހަރުގެ މުޙައްމަދު ނާޝިއު އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ނާޝިއު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައި.އޯ.އެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މައްސަލައާއި ގުޅިގެންނެވެ.

"މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުގެ 14:10 އެހައިކަންހާއިރު، މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް، އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

ނާޝިއުއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ކަމަށާއި ނާޝިއުއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް