އަވަށްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އިއްޔެ މިވަނީ ވަރަށް ތަފާތު ހާދިސާއެއް ހިނގާފައެވެ. އުމުރުން 55 އަހަރުގެ ޝަކީލް ނަމަކަށްކިޔާ މީހަކު ކުރި ކަމަކުން އެ އާއިލާ ތިބީ ޝޮކެއްގައި ކަމަށް ޓައިމްސް އޮފް އިންޑިއާގެ މިއަދުގެ އަދަދުގައި ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހުގައިވާގޮތުގައި އުއްތަރުޕްރަދޭޝްގެ ވިލެޖަކަށް ނިސްބަތްވާ ޝަކީލް އޭނާގެ 17 އަހަރުގެ ފިރިހެން ދަރިފުޅާ ކައިވެނިކުރަން 22 އަހަރުގެ އަންހެން ކުއްޖަކު ހޯދައިދިނެވެ. ނަމަވެސް ފަހުން އެ ކައިވެންޏަށް ޝަކީލްގެ ފިރިހެން ދަރިފުޅު އިންކާރުކުރީ ޝަކީލް އާއި އެ އަންހެން މީހާއާއި ދެމެދު ކުރެވިފައިވާ މެސެޖުތަކެއް އެ ފިރިހެން ދަރިއަށް ފެނިގެންނެވެ.
އެ އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މީގެ ދެތިން ދުވަސް ކުރިން ޝަކީލް ވިޔަފާރި ދަތުރެއްގައި ކަމަށްބުނެ އެ އަންހެން މީހާ ދިރިއުޅޭ އަވަށަށް ދަތުރެއް ކުރިއެވެ. އަދި އެ އަންހެން މީހާއާ ކައިވެނިކޮށްފި ކަމުގެ ޚަބަރު ޝަކީލް އިއްޔެ އާއިލާއާ ހިއްސާކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް