ޖެމްކިއު އަށް އިންވެސްޓް ކުރުން މިއަދުވެސް ކުރިއަށް – މިއަދު އެކަނިވެސް މިލިޔަނެއްހާ ރުފިޔާ އިންވެސްޓްކޮށްފި

ސްކޭމް ސްކީމެއްކަމަށް ފުލުހުން ބުނެފައިވާ އަދި މިހާރު ފައިސާ ނެގުމުގެ މަގު ގާތްގަނޑަކަށްހެން ބަންދުވެފައިވާ ޖެމްކިއު ސްކީމަށް އިންވެސްޓް ކުރުން މިއަދުވެސް ބާރު ސްޕީޑެއްގައި ކުރިއަށް އެބަ ދެއެވެ. އެގޮތ...

20 Jun 2025 | 11:40

ސްކޭމް ސްކީމެއްކަމަށް ފުލުހުން ބުނެފައިވާ އަދި މިހާރު ފައިސާ ނެގުމުގެ މަގު ގާތްގަނޑަކަށްހެން ބަންދުވެފައިވާ ޖެމްކިއު ސްކީމަށް އިންވެސްޓް ކުރުން މިއަދުވެސް ބާރު ސްޕީޑެއްގައި ކުރިއަށް އެބަ ދެއެވެ.

އެގޮތުން މިއަދު އެކަނިވެސް 83 ހާހަށްވުރެ ގިނަ ޔޫއެސްޑީޓީ ޖެމްކިއުއަށް އިންވެސްޓްކޮށްފައިވެއެވެ. އަދިވެސް ދަނީ ކުރަމުންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 1.2 މިލިޔަން ރުފިޔާއެވެ.

މިއަދު އިންވެސްޓްކުރާ އަދަދުތަކަށް ބަލާއިރު ގިނައިން އިންވެސްޓްކޮށްފައިވަނީ 117 ޔޫއެސްޑީޓީގެ އަދަދުންނެވެ. އެއީ އެންމެ ފަހުން ޖެމްކިއުއިން އިޢުލާނުކުރި 20 ގުނަ އިތުރަށް ލިބޭ ޕްރޮމޯޝަންގެ ދަށުން މަންފާ ހޯދުމަށް ކުރާ އިންވެސްޓްމަންޓްތައް ކަމަށް ބެލެވެއެވެ.

އިއްޔެ ޖެމްކިއު އިއް އިޢުލާނުކުރި އެ ޕްރޮމޯޝަންގައި ބުނެފައިވާގޮތުގައި 117 ޔޫއެސްޑީޓީ އިންވެސްޓް ކުރުމުން އެ ޢަދަދުގެ 20 ގުނަ ކަމުގައިވާ 2340 ޔޫއެސްޑީޓީ ލިބިގެންދާނެއެވެ.

އިންވެސްޓް ކުރުން ކުރިއަށްދިޔަނަމަވެސް ފޭކު ލިޔުމެއް ހާމަކޮށް ޖެމްކިއުއިން އިން ވަނީ ފައިސާ ނެގޭ ނެގުމުގެ މަގު ބަންދުކޮށްފައެވެ. ފޭކު އެ ސިޓީއަށްފަހު ބުނެފައިވަނީ އެ މައްސަލަ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބަލަން ދެ ދުވަހެއްވަރު ހޭދަވާނެ ކަމަށާއި އެއަށްފަހު އަލުން ފައިސާ ނެގުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ.

ނަމަވެސް މިހާރު ފެންނަނީ ބޮޑެތި ޢަދަދުތަކުން ޔޫއެސްޑީޓީ ވަކި އެކައުންޓްތަކަކަށް ޖަމާކޮށް ބައްކުރާ މަންޒަރެވެ. އެގޮތުން ޖެމްކިއު އާއި ގުޅުންހުރި އެކައުންޓްތަކުގައި 25 މިލިޔަނަށްވުރެ ގިނަ ޔޫއެސްޑީޓީ، ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 400 މިލިޔަނެއްހާ ރުފިޔާ ހުރިކަމަށް ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް