ދިރާގުން މޯލްޑިވްސް ފުޑް ކާނިވަލް އާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބާއްވަނީ

މޯލްޑިވްސް ފުޑް ކާނިވަލާއެކު ކުލަގަދަ ފެސްޓިވަލްތަކެއް ފަސް ދުވަހަށް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުން ދާ ކަމަށް ދިރާގުން ބުނެފިއެވެ. މިގޮތުން މޯލްޑިވްސް ފުޑް ކާރނިވަލް "ޕަވާޑް ބައި ދިރާގު" ގެ އެކް...

20 Jun 2024 | 17:23

މޯލްޑިވްސް ފުޑް ކާނިވަލާއެކު ކުލަގަދަ ފެސްޓިވަލްތަކެއް ފަސް ދުވަހަށް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުން ދާ ކަމަށް ދިރާގުން ބުނެފިއެވެ.

މިގޮތުން މޯލްޑިވްސް ފުޑް ކާރނިވަލް "ޕަވާޑް ބައި ދިރާގު" ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ވަނީ ސޮއެ ކޮށްފައެވެ.

މިއަހަރަކީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަނެވެ. މި އަހަރުގެ ދިރާގުން ކުރިއަށް ގެންދާ އިވެންޓް އޮންނާނީ ތިނެއް ޖުލައިއިން ހަތެއް ޖުލައި 2024 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެކަމަށް ދިރާގުން ބުނެއެވެ. އަދި މި އިވެންޓްގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މި ފެސްޓިވަލްއަކީ،ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކަރނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށް ބުނެފައިވެއެވެ.

ދިރާގުން ބުނީ،މި އަހަރުވެސް މޯލްޑިވްސް ފުޑް ކާނިވަލް 'ޕަވަރޑް ބައި ދިރާގު'ގެ ޕާޓްނަރަކަށްވެ، މި ފޯރިގަދަ އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ދިރާގަށް  ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މި ކާރނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާރޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނިގެންދާނެކަމަށްވެސް ދިރާގުން ބުނެއެވެ.

މިއީ އާއިލާއާއި ރައްޓެހިންނާ އެކު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވަނީ ވިދާޅުވެފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް އެއްބާރުލުންދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް