ކަނޑުމަތިން ހާލުގައި ޖެހުނު އުފުއްޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގައި މެރިން ޕޮލިހުން ބުނެފިއެވެ.
އެގޮތުން މެރިން ޕޮލިހުން މިރޭ ބުނީ މިރޭ 08:39 ހާއިރު ކ.ފޭދޫ ފިނޮޅު ކައިރިން ވެލ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ އުފުއްޔެއް އަރި އަޅާލައިގެން މެރިން ޕޮލިސް އިން ހަރަކާތްތެރިވި ކަމަށެވެ.
"އުޅަނދު މިހާރު ވަނީ ކ. ފޭދޫ ފިނޮޅަށް ވެއްދިފައި" މެރިން ޕޮލިހުން ބުނެފައިވެއެވެ.
ހާލުގައި ޖެހުނު އުފުއްޔަކަށް އެހީވެފައިވާއިރު ހަމަ މިރޭ އުފުއްޔަކާއި ޑައިވިން ދޯންޏަކާއި ޖެހި އެކްސިޑެންޓެއްވެސް ހިނގާފައިވެއެވެ. މި އެކްސިޑެންޓްވެސް ހިނގާފައިވަނީ ފޭދޫ ފިނޮޅު ކައިރިންނެވެ.
https://twitter.com/dhuvasmv/status/1671181173832163334
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް