ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު އިރު އޮއްސުނުހާއިރު ހިނގި އެކްސިޑެންޓެއްގައި ދިވެހި، ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއި...

20 Jun 2023 | 14:45

ހުޅުމާލޭގައި މިއަދު އިރު އޮއްސުނުހާއިރު ހިނގި އެކްސިޑެންޓެއްގައި ދިވެހި، ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

"މި އެކްސިޑެންޓްގައި ތިން މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ، އެތަނުން އެކަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަނިޔާވި އަނެއް ދެމީހުންނަކީ އެކްސިޑެންޓްވި އަނެއް ކާރުގައި ތިބި ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް އެކެއް، ހިތިގަސްމަގު ޕްލެޓިނަމް ކައިރީގައި ދެ ކާރު ޖެހި އެތަނުން އެއް ކާރު ކޮންޓްރޯލް ނުވެގޮސް ޑިވައިޑަރތަކުގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް