މޫދަށް އެރުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މި...

20 Jun 2023 | 14:25

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މިއަދު އޭޑީކޭއަށް ގެންދިޔަކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަރުވީ އެމެރިކާއަށް ނިސްބަތްވާ 45 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މޫދަށް އެރި އުޅެނިކޮށް ގެނބިގެން މިއަދު ފަތުރުވެރިއަކު މަރުވެފައިވާއިރު ރިސޯޓެއްގެ ޕޫލަށް އެރި އުޅުނު އިންޑިއާއަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކުވެސް ގެނބިގެން އިއްޔެ މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް