މިރޭވެސް ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތަށް ސިފައިންގެ ކަޅުތުއްކަލާ ކޮށި (ކޭކޭ) ގައި ހަވާ އެރުވުން ކުރިއަށްދާނެ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ މިރޭގެ 2200އާއި 2330 އާއި ދެމެދުގެ ވަގުތެއްގައި ގާތްގަނޑަކަށް 10ވަރަކަށް ސިކުންތުވަންދެން ކަޅުތުއްކަލާކޮށީގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިރޭވެސް މަދު ވަގުތުކޮޅަކަށް ހަވާއަރުވާއިރު ރޭގައިވެސް 15 ވަރަކަށް ސިކުންތަށް އަދި އޭގެ ކުރީ ރޭގައިވެސް މަދު ވަގުތުކޮޅަކަށް ކަޅުތުއްކަލާ ކޮށީގައި ހަވާ އަރުވާފައިވެއެވެ.
ކުރީ ރޭގައި ހަވާ އެރުވީ ތަމްރީނެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ރޭގައި ހަވާ އެރުވީ ހަވާ އަރުވާ ތަކެތި ޓެސްޓް ކުރުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ. އެހެން ނަމަވެސް މިރޭ ހަވާ އަރުވަނީ ކޮން ކަމަކާއި ގުޅިގެން ކަން ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް