ރާއްޖޭގެ ރިސޯޓެއްގެ ޕޫލަކަށް ގެނބި، އިންޑިއާގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ކާފު އަތޮޅު ރިސޯޓެއްގައި ސްވިމިން ޕޫލަށް އެރި އުޅުނު ކުއްޖަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓް ލިބުނީ އިއްޔެ ކަމަށެވެ.
"ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މަރުވީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް