ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން އިންގިލާބީ ބަދަލެއް ގެނެސްދީފި: ނައިބު ރައީސް

ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން އިންގިލާބީ ބަދަލެއް ގެނެސްދީފައިވާކަމުގައި ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބުރައީސް މިހެން ވިދާޅުވީ ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަ...

20 Jun 2023 | 08:35

ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން އިންގިލާބީ ބަދަލެއް ގެނެސްދީފައިވާކަމުގައި ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަދުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓެލްކޯއަކީ ރާއްޖެއަށް ވަރަށް މުހިންމު އަސާސީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މާލެ އާއި މާލެ ކައިރި ސަރަހައްދުތަކަށް ބަލާއިރު 34 ރަށެއްގައި ޒަމާނާއި އެއްގޮތަށް ކަރަންޓާއި ނަރުދަމާ ހިދުމަތް ސްޓެލްކޯއިން ފުޅާކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންނާ ހަމަޔަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސް ވަނީ މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް