ފުއްގިރި މައްސަލަ މިއަދު ވެސް ނުބޭއްވި ދެން ފެށޭނީ އީދު ބަންދަށް ފަހު

ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ހެނދުނު 9:00 ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ. އިއްޔެ އަދި މިއަދުވެސް އަޑުއެހުން ކެންސަލް ކޮށް...

20 Jun 2023 | 08:29

ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ހެނދުނު 9:00 ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އިއްޔެ އަދި މިއަދުވެސް އަޑުއެހުން ކެންސަލް ކޮށްފައިވަނީ މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އިއްޔެއާއި މިއަދަށް ތާވަލްކޮށްފައި އޮތީ އެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ކުރުމަށެވެ.

މިއަދުގެ އަޑުއެހުންތައް ކެންސަލް ކުރި ނަމަވެސް އީދު ބަންދަށް ފަހު އަލުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން މިހާރު ތާވަލް ކޮށްފައި ވަނީ މި އަންނަ މަހު ދެވަނަ ދުވަހާއި ހަތަރުވަނަ ދުވަހުގައެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

މީގެ އިތުރަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް