ކ. މާފުށިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
މި އަންހެން ކުއްޖާ ފެނުނުކަން ހާމަކޮށް އެ ރަށުގެ ކައުންސިލުން ދަންވަރު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިފައިވާކަމަށާއި އާއިލާއާއި ހަވާލުކޮށްފައިވާކަމަށެވެ.
އާއިލާއަށް ގެއްލިގެން ކައުންސިލަށް ރިޕޯޓު ކުރުމުން ކައުންސިލުން ހޯދަން އިއުލާނުކުރި އަންހެން ކުއްޖާއަކީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކައުންސިލުން ބުނެފައިވާގޮތުގައި އެ އަންހެން ކުއްޖާ ގެއްލިގެން ހޯދަމުންދިޔައީ އިއްޔެގެ ފަތިހުން ފެށިގެން އާއިލާއަށް ގެއްލިފައިވާތީއެވެ.
އެ އަންހެން ކުއްޖާ ހޯދަން ކައުންސިލުން އިއުލާނުކުރީ ރޭގެ 10:26 ހާއިރުގައެވެ. އަންހެން ކުއްޖާ ހޯދުމަށް ރަށުގެ ކައުންސިލާއި ރައްޔިތުން އަދި ޕޮލިހުން ހަރަކާތްތެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް