ޕާކިސްތާނުގެ ޓެކްސްޓައިލް ސިނާއަތުން އެކްސްޕޯޓުކުރި މިންވަރު ވިދިވިދިގެން އަށްވަނަ މަހު ދަށަށް ގޮސްފިއެވެ.
ޕާކިސްތާނުގެ ދަ އެކްސްޕްރެސް ޓްރިބިއުން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މޭމަހުގައި އެގައުމުން ޓެކްސްޓައިލް އެކްސްޕޯޓު ކުރި މިންވަރު މަހުން މަހަށް އަޅާބަލާއިރު ހަތް ޕަސެންޓު އިތުރުވެ 1.32 ބިލިއަން ޑޮލަރަށް އެރިނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20 ޕަސެންޓުގެ ބޮޑު ދައްވުމެއް އައިސްފައިވެއެވެ. ޓެކްސްޓައިލް އެކްސްޕޯޓް ދަށްވުމުގެ މައިގަނޑު ސަބަބަކީ ވެލިއު އެޑެޑް ޕްރޮޑަކްޓްސް 21 ޕަސެންޓް ދަށްވުމާއި އަސާސީ ސެގްމަންޓު 19 ޕަސެންޓް ދަށްވުމުން ކަމަށް މި ރިޕޯޓުގައިވެ އެވެ.
2022-2023 ވަނަ ފިސްކަލް އަހަރުގެ 11 މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ޓެކްސްޓައިލް އެކްސްޕޯޓްގެ އަގު 15.03 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 15 ޕަސެންޓް ދަށްވުމެއް ކަމަށް ރިޕޯޓުގައިވެ އެވެ. އަސާސީ ޓެކްސްޓައިލްސް 22 ޕަސެންޓް ދަށްވެފައިވާއިރު ވެލިއު އެޑެޑް ޕްރޮޑަކްޓްސް ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް ދަށްވެފައެވެ.
މި އަދަދުތަކުން ޓެކްސްޓައިލް ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ސިނާއަތުގެ ހިންގުންތެރިކަން އަލުން ދިރުވައި ހަރުދަނާ ކުރުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަން ޖެހޭކަން ދައްކުވައިދޭ ކަމަށް ދަ އެކްސްޕްރެސް ޓްރިބިއުންގެ ރިޕޯޓުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް