އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ޓެރަރިޒަމާއި ޗައިނާއާއި ދެކޮޅަށް އެމެރިކާއާއި އިންޑިއާއި ގުޅިގެން ކުރަމުންދާ މަސައްކަތަށް، އެމެރިކާގެ ކޮންގްރެސްގެ މެމްބަރު މައިކް ކޮލިންސް އަލި އަޅުވާލައިފިއެވެ.
ކޮލިންސް މިހެން ވިދާޅުވެފައިވަނީ ދެއްވި ވީޑިއޯ ހިތާބެއްގައެވެ. ކޮލިންސްގެ ވީޑިއޯ ހިތާބުގައި ވިދާޅުވެފައިވަނީ އެމެރިކާއި އިންޑިއާއިން ގުޅުން ބަދަހި ކޮށްފައިވަނީ ހަމައެކަނި ވިޔަފާރީގެ ގޮތުން ނޫންކަމަށާއި، ޓެރަރިޒަމާއި އަދި "ބޮޑު ދުޝްމަނެއް" ކަމުގައިވާ ޗައިނާއާއި ދެކޮޅަށްވެސް ގުޅިގެން މަސައްކަތް ކުރާކަމަށެވެ.
މިމަހުގެ 21 އިން 24 އަށް ކުރައްވާ މި ދަތުރުފުޅުގައި އެމެރިކާގެ ކޮންގްރެސްގައި މޯދީ ހިތާބު ކުރައްވާނެއެވެ. މިފަހަރު ވެގެންދާނީ އެމެރިކާގެ ކޮންގްރެސްގައި މޯދީ ހިތާބުކުރައްވާ ދެވަނަ ފަހަރެށެވެ. އެމެރިކާގެ ކޮންގްރެސްގައި ހިތާބު ކުރެއްވުމުގެ ފުރުސަތަކީ އެމެރިކާގެ ގާތް ގައުމުތަކުގެ ވެރިންނަށް މަދުން ދެއްވާ ފުރުސަތެކެވެ.
މީގެ އިތުރުން މޯދީގެ މި ދަތުރުފުޅާއި ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ކޮމާސް ޖީނާ ރައިމޮންޑޯ ވިދާޅުވީ ބޮޑުވަޒީރު މޯދީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ވިޔަފާރީގެ އަދި ސްޓްރެޓެޖިކް ޓެކްނޮލޮޖީ ޕާޓްނަޝިޕް އިތުރަށް ފުރިހަމަ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޑިފެންސް، ސެމީކޮންޑަކްޓަރސް، އަދި ސާފު ހަކަތަ ފަދަ ދާއިރާތަކަށް އަހަންމިއްޔަތުކަން ދެއްވާނެކަން ފާހަގަކުރެއްވި އެވެ.
މޯދީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ބިޑެން އަދި އަނބިކަނބަލުން ޖިލް ބިޑެން ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް