ޓުވިޓާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ތަހުގީގު ކުރަނީ

ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. އެމީހަކު ޓުވިޓާގައި ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތައް ދޮގުކޮށް، ތަފާތު އ...

20 Jun 2022 | 16:10

ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެމީހަކު ޓުވިޓާގައި ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތައް ދޮގުކޮށް، ތަފާތު އަދަދުތައް ބޭނުންކޮށްގެން އިސްލާމް ދީނާއި މެދު ނަފުރަތު އުފެއްދުމުގެ އަމަލު ހިންގާފަ އެވެ.

މި މައްސަލައިގަ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގަ މިހާތަނަށް ބެލި ބެލުމުން އެ ކައުންޓު ޑީއެކްޓިވޭޓް ކޮށްލާފައިވާކަން އެނގިފައިވާ ކަމަށެވެ.

މިފަދަ މައްސަލަތައް މީގެ ކުރިންވެސް ދިމާވެފައި އެވެ. އަދި މިހާރުވެސް ބައެއް ދިވެހިން ފާޅުގައި ސޯޝަލް މީޑިއާގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ޕޯސްޓުތައް ކޮށްހަދަ އެވެ.

އެކަމަކު ފުލުހުންނަށް މާބޮޑު ފިޔަވަޅެއް އެޅިފައިވާތަނެއް ނުފެނެ އެވެ. އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް