ހިންމަފުށީ ބަނދަރު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދަނީ

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި އެ މަޝްރޫއުގުެ (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ 68 ޕަސެ...

20 Jun 2022 | 13:20

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން މައުލޫމާތުދޭގޮތުގައި އެ މަޝްރޫއުގުެ (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފަ އެވެ.

މި މަޝްރޫޢުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 248 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. މަޝްރޫއު އެއްކޮށް ނިމޭއިރު ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް