ނ. ލަންދޫގައި ދެ ރުއް ދޭތެރޭގައި ފިތިގެން މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު 4:15 ހާއިރު ކަމަށެވެ. މިހާދިސާގައި މަރުވީ އުމުރުން53 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އެކަން ހިނގީ އެމީހާ ލޭންޑިން ކްރާފްޓަކަށް ރުއްތައް އަރުވަން އުޅުމުގެ ތެރޭގައި އެވެ.
އެމީހާ ލަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައިގަ އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މިދިޔަ ހަފްތާގައި މާލޭގައިވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައި އެވެ. ހުޅުމާލޭ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި މާބުލްތަކެއް ދޯންޏަކަށް ބަރުކުރަން އުޅުނު ދެ ބިދޭސީއަކު ވަނީ މަރުވެފައި އެވެ.
އެ ދެމީހުން މަރުވީ ކޮންޓެއިނަރެއްގެ ތެރޭގައި ހުރި އެ މާބުލް ޝީތުތައް ނަގަމުން ދަނިކޮށް އެ ޝީޓުތައް އެމީހުންގެ ބޯމައްޗަށް ވެއްޓި ތާށިވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް