އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝާންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލް ޗޮއިސް އާއި އެސްޓ...

20 Jun 2022 | 11:16

މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝާންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލް ޗޮއިސް އާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި އެވެ. އެސްޓިއޯ އިން ހިޓާޗީ ބްރޭންޑް އިންޕޯޓް ކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު މި ބްރޭންޑްކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ނަންބަރ ވަން ބްރޭންޑެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު ،ވެކްޔުމްކުލީނާ، ރައިސްކުކާރ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކުން 30 ޕަސެންޓާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ ތެރެއިން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއާ ކޮންޑިޝަނާރ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެއެވެ. އަދި، މި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި 3 ފަރާތެއްހޮވައި، ކޮންމެ ފަރާތަކަށް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ދޭނެ އެވެ.

މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިޔާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތެއްހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ލިބިލައްވާނެއެވެ.

މި މުބާރާތުގެ އިތުރު މަޢުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ތަކުން ލިބިލައްވާނެއެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ 6 މޮޑެލްއެއްގެގައި ، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ. .މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ 42 ޕަސެންޓު ކަރަންޓް މަދުން ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނެއެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ އޮގަސްޓު މަހުގެ30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް