ކާޑެއްދޫ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ 53 ޕަސެންޓު މަސައްކަތް ނިންމައިފި

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތުގެ 53 ޕަސެންޓް ނިންމާލައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މި...

20 Jun 2022 | 10:34

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތުގެ 53 ޕަސެންޓް ނިންމާލައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މިހާރު ކުރިޔަށްދަނީ އެއްގަމު ތޮށި ލުމުގެ އިތުރު މަސައްކަތް ކަމަށެވެ.

އެގޮތުން އެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓާއި ބަނދަރު ބައްތީގެ ޕޯސްޓްތައް ވަނީ ސައިޓަށް ގެންދެވިވައި ކަމަށް ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން، 170 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. އަދި 890 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫޢަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް