މިއަހަރުގެ މިނިވަން ދުވަހު ފުޅަނދު ބުރު ބާއްވަނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދު ބުރު މިއަހަރު ބާއްވަން ނިންމައިފި އެވެ. މިއަހަރު ފުޅަނދު ބުރު ބާއްވަން ނިންމާފައިވަނީ މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން މިހަރަކާތް ...

20 Jun 2022 | 10:17

މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދު ބުރު މިއަހަރު ބާއްވަން ނިންމައިފި އެވެ.

މިއަހަރު ފުޅަނދު ބުރު ބާއްވަން ނިންމާފައިވަނީ މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން މިހަރަކާތް ބޭއްވީ 2019 ވަނަ އަހަރުގެ 54 ވަނަ މިނިވަން ދުވަހުގެ މުނަސަބަތުގައި އެވެ.

މިއަހަރު ފުޅަނދު ބުރު އޮންނާނެކަން ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު އަދި އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ތަފާތު ތީމުތަކަކަށް ފުޅަނދުތައް ހަދައި، މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވާ އެ ހަރަކާތަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ހަރަކާތެކެވެ. މިފަހުން އަހަރުތަކަށް މެދުކެނޑުނު ނަމަވެސް މި ހަރަކާތަކީ ޒަމާނުންސުރެ އެކި ސިފަ ސިފައިގަ ބާއްވަމުން އަންނަ ކަމެކެވެ.

މިކަމުގައި ގިނައިން ބައިވެރިވަނީ ސަރުކާރު ކުންފުނިތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް