2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ކުރިމަތިލައްވާކަން ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މި މަހުގެ 24ގައި "ޑުރަގާ ދެކޮޅަށް ދާއިމީ ހައްލު" ނަމުގައި ބާއްވާ ހާއްސަ ބައްދަލުވުމުގައި ކެނޑިޑެސީ އިއުލާނުކުރައްވާކަމުގެ މައުލޫމާތު ލިބިގެން އެކަމާ ސުވާލު ކުރުމުންނެވެ.
އެކަން އިއުލާނުކުރުން އެ ބައްދަލުވުމުގައި ކުރިއަށްދާނެތޯ އެހުމުން އުމަރު ވިދާޅުވީ އެކަން އެތައް ފަހަރަކު މިހާރުވެސް އިއުލާނުކޮށްފައިވާނެ ކަމަށެވެ.
އުމަރާއެކު 2023 ރިޔާސީ ރޭހަށް މިހާތަނަށް ހަތަރު ނަމެއް މިވަނީ އައިސްފައެވެ. އެއީ އުމަރުގެ އިތުރުން ރައީސް ސޯލިހާއި، ސަން ޝިޔާމާއި ޑރ. ޝިހާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް