ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅާ އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފި

ދިނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅާ އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފިއެވެ. ގާތްގަޑަކަ...

20 Jun 2022 | 08:36

ދިނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅާ އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފިއެވެ.

ގާތްގަޑަކަށް އަހަރެއްހާ އަހަރެއްހާ ދުވަހު ޑރ. އިޔާޒުގެ ހައްގު ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށްފަހު، ވަޒިފާ އާބެހޭ ޓްރައިބިއުނަލުން، ޑރ. އިޔާޒަށް އަލުން ވަޒީފާ ދިނުމަށް އަމުރުކުރީ މިއަދުއެވެ.

ވަޒިފާ އާ ބެހޭ ޓްރައިބިއުނަކުން އަމުރުކޮށްފައިވަނީ ކުރިން ލިބުނު މުސާރައާއިއެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ޑރ. އިޔާޒު އަދާކުރަމުންދިޔަ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން ކުއްލި ގޮތަކަށް ވަކިކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ.

އެ މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް ގައި ޖެއްސުމުން އެ އިދާރާއިން ގޮތްތަކެއް ނިންމުމުގެ ކުރީން ޑރ. އިޔާޒު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މީހަކު ހަމަނުޖެއްސުމަށާއި ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް