ވިސްނުންތަކާއި ދުރު އަމިއްލަ ސިކުނޑިއަށް ބްރޭކެއް ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ.
ސިކުނޑިއަށް ހުސްވަގުތެއް ނުދީ ވިސްނާ ފިކުރުކޮށް، ބުރަކޮށް މަސައްކަތް ކުރުމަކީ ސިއްހަތަށް އޭގެ ނުރައްކާ ބޮޑުވެ، ފިކުރު ކުރުން ފަދަ ކަންކަން ބައްޔަކަށް ވުމަށް މަގުފަހިވާ ކަމެކެވެ. އަދި ރަނގަޅަށް ސިކުނޑި މަސައްކަތް ކުރުން ހުއްޓާލާނެ ކަމެކެވެ.
އެހެންވެ ޏިއުޓްރިޝަނުން ލަފާދެނީ ކޮންމެ ދުވަހަކުވެސް ވަކި ކަންތައްތަކެއް ކޮށްލައިގެން ސިކުނޑިއަށް ހުސްވަގުތުކޮޅެއް ދިނުމަށެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި:
އަބަދު ފޯނަށް ބެލުން ހުއްޓާލާށެވެ. ފޯނާއި އަބަދު ކުޅޭ ހިތްވާނަމަ ބަދަލުގައި ބޭރަށް ނުކުމެ ސާފު ވައި ލިބޭ ތަނެއްގައި ވަގުތު ހޭދަ ކޮށްލާށެވެ. އަބަދު ފޯނާއި ކުޅެން ނީނދެ ހިނގާލާ ދުވެލާ ހަދަން ވަގުތު ހުސްކުރާށެވެ.
ސޯޝަލް މީޑިއާގައި ހިނގާ ކަންކަން ބެލުމާއި އޭގެ މީހުންނާއި ޗެޓުކޮށް މަޖާ ނަގަން އިނުމަށް ވުރެ ރައްޓެހިންނާއި ބައްދަލުކޮށްލުމަކީ ބުއްދިވެރި ސިކުނޑިއަށް ހަމަޖެހުން ލިބޭނެ ކަމެކެވެ. ރަހުމަތްތެރިއަކު ނެތް ނަމަ ތިމާގެ މީހަކު ނުވަތަ މައިންބަފައިންނާއި ވާހަކަދައްކާލަން އެވަގުތު ބޭނުން ކުރާށެވެ.
މީހުންނާއި ވާހަކަ ދައްކާއިރު ބޭކާރު އެމީހަކާއި ނުގުޅޭ ވާހަކަ ދެއްކުން ހުއްޓާލާށެވެ. އާންމުކޮށް ބުނާނަމަ ނެތިމޮށުން ދޫކޮށްލާށެވެ. އެނޫން ކަމެއް ނުކުރެވޭ ނަމަ އެކަނި ވަގުތު ހޭދަކޮށް ސިކުނޑިއަށް ވަގުތުކޮޅެއް ދޭށެވެ.
ނިދުމަކީވެސް ސިކުނޑިއަށް ވަރަށް ފައިދާ ހުރި ކަމެކެވެ. ކޮންމެ ދުވަހަކު ރަނގަޅަށް ނިދުމުގެ އިތުރުން ނޭވާގެ ކަސްރަތެއްވެސްވެސް ކޮށްލުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް