2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޑރ. އަބްދުﷲ ޝިހާމް އިއުލާނުކުރައްވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަންކަން ކުރިން ކުރެއްވި ޑރ. ޝިހާމް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބުނެފައިވާގޮތުގައި އޭނާ ކުރިމަތިލައްވަން ނިންމަވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ޑރ. ޝިހާމް އިއުލާނުކުރައްވާފައިވާއިރު މި ރޭހުގައި ވާދަކުރައްވާނެކަން ޑރ. ޝިހާމް ހިމެނޭހެން ތިން މީހަކު މިވަނީ އިއުލާނުކުރައްވާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމަ (ސަން ޝިޔާމް) އެވެ.
ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ކުރިން ދެ ފަހަރެއްގެ މަތިންވެސް ޑރ. ޝިހާމް އިއުލާނުކުރެއްވިއެވެ. އެންމެ ފަހުން 2018ގައިވެސް އެކަން އިއުލާނުކުރެއްވިއެވެ. ނަމަވެސް ފަހުވަގުތު އެ ނިންމުމަށް ޑރ. ޝިހާމް ވަނީ ބަދަލު ގެންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް