ރާއްޖެއިން މިއަދު ކޮވިޑަށް ފައްސިވީ 187 މީހުން

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ 187 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 84 މީހުންނާއި ...

20 Jun 2021 | 17:03

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ 187 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 84 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 91 މީހުންގެ އިތުރުން ރެސޯޓްތަކުން ފައްސިވި ހަތް މީހުނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 5،613 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 5،300 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 46 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 66،379 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 206 އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 71،896 އަށް އަރާފައި އެވެ.

https://twitter.com/HPA_MV/status/1406658169183506442

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް