ބޮލުން އިސްތަށި ފޭބުމަކީ އަހަރެމެން ހީކުރާވަނަށް ވުރެ ބޮޑު މައްސަލައެކެވެ. ނަމަވެސް ބޮލުން އިސްތަށި ފޭބުން މަދުކުރުމަށޤޓަކައި އަހަރެމެންނަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. ތިބާއަކީ ބޮލުން އިސްތަށި ފައިބާ މައްސަލަ ދިމާނުވާ މީހެއްނަމަވެސް މި މައުލޫމާތު މުހިންމު މީހެއް ދަންނާނެކަން ގައިމެވެ.
އާއްމު ދިރިއުޅުުމުގައިވެސް ފުނާ އަޅާލުމުން ނުވަތަ ބޯ ކަހާ ހިރުވާލުމުން އިސްތަށި ފޭބުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެން ނަމަވެސް އާހަދާ ޚިލާފަށް ގިނައިން އިސްތަށި ފައިބާނަމަ، އެކަމުގެ އަސްލު ސަބަބެއް އެނގޭނީ ޑޮކްޓަރަކަށް ދައްކާލީމައެވެ.
ގިނައިން އިސްތަށި ފައިބާނަމަ، އެކަން ކުޑަކުރުމަށް އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަންތައްތަކެއް ހުރެއެވެ.
އެގޮތުން، ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ގިނައިން ވިޓަމިން ފަދަ ހަށިގަނޑަށް ފައިދާކުރާ ކާނާ ބޭނުންކުރާ ނަމަ، އިސްތަށި ފޭބުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެއެވެ. ބައެއްފަހަރަށް، ހަށިގަނޑުގައި ފުދޭވަރަށް ވިޓަމިން ނުހުންނަ ނަމަ ވެސް އިސްތަށި ފޭބުމަށް މަގުފަހި ވެއެވެ.
ވިޓަމިން އޭ، ބީ އަދި ސީ، ޑީ ގެ އިތުރުން އަޔަން އާއި ސެލެނިއަމް ހަށިގަނޑުގައި މަދުވާ ނަމަ އިސްތަށި ފޭބުން އިތުރުވެއެެވެ.
ސިއްޙަތު ރަނގަޅު 9 ފިރިހެނުން ހިމަނައިގެން ހޯދި ހޯދުމަކުން އެނގިފައިވާ ގޮތުގައި، ދުވާލަކު އެއްފަހަރު ހަތަރު ވަރަކަށް މިނެޓްވަންދެން ބޯ މަސާޖު ކުރުމަކީ އިސަތަށިގަނޑު ރަނގަޅުކޮށްދޭ ކަމެކެވެ.
2018 ވަނަ އަހަރު ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އިސްތަށިގަނޑު ރަނގަޅު ކުރުމަށް ކާށިތެޔޮ އެހީވެދެއެވެ. ކާށި ތެޔޮ ލުމަކީ އިސްތަށިގަނޑު ވަރުގަދަވެ، އިސްތަށި ފޭބުން ދުރުކޮށްދޭ ކަމެކެވެ.
އާދަޔާ ޚިލާފަށް ބޮލުން އިސްތަށި ފައިބާ ނަމަ ނުވަތަ ތަލަވާ ނަމަ، ކުރެވޭނެ ފަރުތާވައް ވެސް ހުރެއެވެ. ނަމަވެސް ފަރުވާކުރަން އެނގޭނީ އެމީހެއްގެ ބޮލުން އިސްތަށި ފައިބާ ސަބަބެއް އެނގިގެންނެވެ. އެކަމަށްޓަކައި ޑޮކްޓަރެއްގެ ލަފާ ހޯދާލުން ބުއްދިވެރިއެވެ.
މީގެ އިތުރުން ވެސް، އަމިއްލައަށް އިސްތަށިގަނޑަށް ފައިދާވާ ގޮތްތައް ހޯދައި، ގޭގައިވެސް އިސްތަށިގަނޑު ރަނގަޅުކުރުމަށްޓަކައި ތަފާތު ބާވަތްތަކުގެ ތަކެތި ބޭނުންކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް