މާދަމާއިން ފެށިގެން، ކުރިއެކޭވެސް އެއްގޮތަށް އައިޖީއެމްއެޗް ލެބޯޓްރީއިން ޚިދުމަށް ދެނީ

މާދަމާއިން ފެށިގެން، ކުރިއެކޭވެސް އެއްގޮތަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްް (އައިޖީއެމްއެޗް) ލެބޯޓްރީގެ ޚިދުމަށް ދެމުންދާނެކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނެފައި ވ...

20 Jun 2021 | 15:04

މާދަމާއިން ފެށިގެން، ކުރިއެކޭވެސް އެއްގޮތަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްް (އައިޖީއެމްއެޗް) ލެބޯޓްރީގެ ޚިދުމަށް ދެމުންދާނެކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައި ވަނީ، ޖޫން 21 ވާ ހޯމަ ދުވަހުން ފެށިގެން އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީއިން އިމަޖެންސީކޮށް ހަދާ ޓެސްޓުތައް ފިޔަވާ އެހެނިހެން ޓެސްޓުތަކަށް ކުރިއެކޭވެސް އެއްފަދައިން، ހެނދުނު 8 ން މެންދުރުފަހު 2 އާހަމައަށް މެދުނުކެނޑި ނަންބަރު ދޫކޮށް ޚިދުމަތް ދެވޭނެ ކަމަށެވެ.

https://twitter.com/igmhmv/status/1406528407110750210

އައިޖީއެމްއެޗްގެ ލެބޯޓްރީއިން ޚިދުމަތް ދޭ މިންވަރު މީގެ ކުރިން ވަނީ ލިމިޓްކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ހޮސްޕިޓަލުން ބުނެފައި ވަނީ، ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް ދުވާލަކަށް ދޫކުރާނީ 200 ޓޯކަން ނަންބަރު ކަމަށެވެ.

2020 ފެބްރުއަރީ 29 ގައިޕީސީއާރް ޓެސްޓްކުރަން ފެށި އައިޖީއެމްއެޗް އިން ވަނީ 7 މާރޗު ގައި ރާއްޖެއިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް