އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވި ނަމަ ހާދިސާ ހިނގުން ނާދިރު: ރިޕޯޓް

އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މި ހާދިސާ ހިނގުންމަކީ ނާދިރުކަމެއް ކަމަށް ހެލްތް މިނިސްޓްރީގެ ކޭސް ރިޕޯޓްގައި ބުނެފިއެވެ. ކޮބިޑް ބަލީގައި ޖޫން ދެވަނަ ދުވަހު ނިޔާވި އުމުރުން10 އަހަ...

20 Jun 2021 | 12:56

އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މި ހާދިސާ ހިނގުންމަކީ ނާދިރުކަމެއް ކަމަށް ހެލްތް މިނިސްޓްރީގެ ކޭސް ރިޕޯޓްގައި ބުނެފިއެވެ.

ކޮބިޑް ބަލީގައި ޖޫން ދެވަނަ ދުވަހު ނިޔާވި އުމުރުން10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދަށް، އެޗްއީއޯސީއިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދީފައިވާ ގޮތާ ބެހޭގޮތުން ހެދިފައިވާ ރިވިއުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ރިޕޯޓްގައި ވަނީ، އެޗްއީއޯސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށްދިނުމުގައި ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމަށެވެ.

އެގޮތުން، މި ހާދިސާގައި އެޓެންޑްވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށާއި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ރިވިޔުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާޙު ކުރުމުގެ މަސައްކަތް ފެށިފައިވާކަމށް ރިޕޯޓްގައި ވެއެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތަކެއްކަން ރިޕޯޓޤގައި ފާހަގަކޮށްފައި ވެއެވެ.

ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތް އިން ފިޔަވަޅު އެޅުމަށް ހަމަޖެހިފައި ވާކަމަށް ރިޕޯޓްގައި ވެއެވެ.

ކޮވިޑް-19 ރޯގާގައި ދިވެހިރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ ކަމުގައިވާ މިޝްކާ ނިޔާވީ އެ ކުއްޖާގެ ހާލު މާ ބޮޑަށް ދެރަވެގެންނެވެ.

މިޝްކާގެ ހާލު ގޯސްވުމުން އެމްބިއުލާންސްއަށް ގުޅައި އިންތިޒާރުގައި ތިން ގަޑިއިރަށް ވުރެ ގިނަ އިރު އާއިލާއިން ހޭދަކޮށްފައިވެ އެވެ. މިޝްކާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ހޮސްޕިޓަލަށް ގެންދިޔާތާ އިރުތަކެއް ނުވެއެވެ. ކުއްޖާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ހާލު ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އާއިލާ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް