ބައްޕައިންގެ ދުވަހު ޖޭސްމިންގެ ބައްޕައަށް ދޭން އުޅޭ ހަދިޔާއިން ތައުރީފު އޮހެނީ!

އިންޑިއާގެ ޓީވީ ބަތަލާ ޖޭސްމިން ބާސިން މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ ބައްޕައިގެން ދުވަހު އޭނާގެ ބައްޕައަށް އަގު ބޮޑު ހަދިޔާއެއް ދޭން ނިންމައިފި އެވެ. ޖޭސްމިން ބައްޕައިގެން ދުވަސް ފާހަގަ ކ...

20 Jun 2021 | 11:19

އިންޑިއާގެ ޓީވީ ބަތަލާ ޖޭސްމިން ބާސިން މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ ބައްޕައިގެން ދުވަހު އޭނާގެ ބައްޕައަށް އަގު ބޮޑު ހަދިޔާއެއް ދޭން ނިންމައިފި އެވެ.

ޖޭސްމިން ބައްޕައިގެން ދުވަސް ފާހަގަ ކުރުމަށް ބައްޕަ އާއި އޮންލައިންކޮށް ވާހަކަ ދައްކާ ހަދާފައިވެ އެވެ. އަދި ބުނީ ދުވަހުގެ މުނާސަބަތުގައި ބައްޕައަށް ދޭން ނިންމާފައިވަނީ މުމްބާއީން ގެއެއް ކަމަށެވެ.

ޖޭސްމިން އަކީ ރާޖިސްތާން ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ކޮޓާއަށް ނިސްބަތްވާ ބަތަލާއެކެވެ. އޭނާގެ މަންމަ އާއި ބައްޕަ ދިރިއުޅޭނީ ކޮޓާ ގައި އެވެ.

ޖޭސްމިން ބުނީ މަންމަ އާއި ބައްޕަ ދުރުގައި ތިބޭތީ އޭނާ އާއި ކައިރިއަށް ގެނައުމަށް މީގެ ކުރިންވެސް މުމްބާއީއަށް ބަދަލުވުމަށް އެދިފައި ވީނަމަވެސް އެކަމަށް އެއްބަސް ނުވާ ކަމަށެވެ. އެކަމަކު މިފަހަރު ބައްޕައަށް ގެއެއް ގަނެ ދިނުމުން ގޮތް ދޫކޮށް އޭނާ އާއި އެކު ދިރިއުޅުމަށް މުމްބާއީއަށް ބަދަލު ވާން މަޖުބޫރު ވާނެ ކަމަށް ބުނެފައިވެ އެވެ.

ޖޭސްމިން ބުނީ ގެއެއް ގަންނަން ނިންމީ މި ފަހުން ނޫން ކަމަށެވެ. ކުރިން ސުރެ ގެއެއް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަަމަކު މިފަހަރު ވީހާވެސް އަވަހަކަށް ގެއެއް ގަނެ މައިންބަފައިން މުމްބާއީއަށް ބަދަލު ކުރަން ނިންމީ ކޯވިޑްގެ ހާލަތުގައި މަންމައަށް ކޯވިޑް ޖެހިގެން ބައްޕަ އެކަނި އުޅެން ޖެހުނު ގޮތް އިހުސާސްވުމުން ކަމަށެވެ.

ޖޭސްމިން ލޯބީގެ ގޮތުން ގުޅިގެން އުޅެމީ ޓިވީ ބަތަލް އަދި މުސްލިމެއް ކަމަށްވާ އަލީ ގޯނީ އާއި އެވެ. އެކަމާއި ގުޅޭގޮތުން ޖޭސްމިން ބުނީ އޭނާގެ ދިރިއުޅުމުގެ އެއްވެސް ނިންމުމަކަށް މައިންބަފައިން ދެކޮޅު ނުހަދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް